ނީލަން
ނަންބަރު: (IUL)28-AD-2/1/2026/142
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 15 މޭ 2026 09:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކިޔުމާއި ގުޅޭ

މި އިޢުލާންވަނީ 05 މޭ 2026 10:54 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2026/104 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.   

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ހ. ފަޔަރ ސަބްސްޓޭޝަން / މާލެ
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2025 މޭ 15 ވަނަ ދުވަހުގެ 09:30 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ހ. ފަޔަރ ސަބްސްޓޭޝަން (ކާނިވާ ސަރަހައްދު) / ގަޑި: 09:30
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7784109

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 މޭ 2026