ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/39
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:01
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު މަސްރޭހުގައި ޤަވާއިދަށް ގެނެވުނު އިސްލާޙް
1447 އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މަސްރޭހުގައި ޤަވާއިދުގެ 2.1 ތިރީގައި މިވާ ގޮތަށް ވަނީ އިސްލާޙްކުރެވިފައެވެ.
2.1 މުބާރާތް ޙާއްސަ، ކުރެވިފައިވަނީ ދުވާފަރު ރައްޔިތުންނަށްށެވެ. ދުވާފަރު ފަރާތްތަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކަށް ޓީމުތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އެފަރާތްތައް ބަލާނީ ރަށުގެ ރަށްވެހީންގެ ގޮތުގައެވެ. މި މާއްދާގައި ގައި މުބާރާތް ޚާޢްސަ ކުރެވިފައިވަނީ ދުވާފަރު ރައްޔިތުންނަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ޒިޔާރަތްކުރާ ފަރާތްތައްވެސް ޢީދުގެ އުފަލުގައި ބައިވެރި ކުރުމުގެ ގޮތުން 10 މީހުންގެ ޓީމެއްގައި ރަށުންބޭރުގެ 03 މީހުން ބައިވެރި ކުރެވިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
04 މޭ 2026