ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/38
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 11 މޭ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދުވާފަރުގެ 16 އަހަރުންމަތީ ދެޖިންސުގެ ފަރާތްތަކަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 11 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކުޅިވަރުތަކުން ވަނަތަކަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފޯމް މިއިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައިނުގެނެވޭނެއެވެ. ފޯމާއި އެކު ޓީމްގެ ހުރިހާ ބައިވެރިންގެ އައިޑީކާޑް ދެފުށުގެ ސާފުކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

04 މޭ 2026