ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1447 ހަރަކާތްތަކުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލުން
1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫ ސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 26 މޭ 2026 އިން 30 މޭ 2026ގެ ނިޔަލަށް 5 ދުވަހަށް ބަހާލައިގެން އައްޑޫ ސިޓީގެ 4 އަވަށެއްގައި "އައްޑޫ އީދި ސަމާ 1447" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން ޢީދު މުނާސަބަތުގައި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ޓްރެވެލް ޕާޓްނަރ، މީޑިއާ ޕާޓްނަރ، ޓެލެކޮމް ޕާޓްނަރ، ޑިޖިޓަލް ޕާޓްނަރ، އެކަމޮޑޭޝަން ޕާޓްނަރ، ކޭޓަރިންގ ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިޢިއުލާނާއި ގުޅިގެން ކެޓަގަރީ އަކަށް 1 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، ފުރުސަތު ދެވޭނެ ފަރާތެއް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ސުހާ 7617585 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް: https://forms.gle/oE3eT7jnCxTFfcEh7
16 ޒުލްޤައިދާ 1447
04 މޭ 2026