ނީލަން
ނަންބަރު: (IUL)235/235/2026/5
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 14 މޭ 2026 12:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ޑިންގީ ސިޓީލާ ނީލަމުގައި ވިއްކައިލުން

ިކައުންސިލް އިދާރާގައި ކުރިން ބޭންކުރި ފައިބަރު ޑީންގީ ރަޖިސްޓްރީ ނަންބަރ G3020A-02  03J "ފުއްސަރު" ސިޓީލާ ނީލަމުގައި ވިއްކައިލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 2026 މެއި 4 ން  14 ގެ ނިޔަލަށެވެ. އަގު ހުށަހަޅުއްވާނީ މި އިޢުލާނާ ހީރަސްކުރެވިފައިވާ ފޯމުން، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ފޭސްބުކް ޕޭޖްގައާއި މިއިދާރާގެ ވެބްސައިޓްގައާއި މިއިދާރާގެ ނޯޓިސް ބޯޑުގައި ޝާއިޢުކުރެވޭނެއެވެ.

ޑިންގީ ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ.

މުހިއްމު މައުލޫމާތު

  • ޑިންގީގެ މިންތައް:  ދިގު 5.18މ ފުޅާ 1.750މ
  • ޑިންގީ މިހާރު އޮތްތަން: ވ. ފެލިދޫ ދޯނިއެހެލާ ސަރަޙައްދުގައި
  • ނީލަން ފެށޭ އަގު: 2000.00ރ.
  • މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ ޢަދަދު: 500.00ރ.
  • އީމެއިލް: [email protected]
  • ވައިބަރ: 7949275

އަގު ހުށަހެޅުމުގައި ކައުންޓަރުން ފޯމް ބަލައިގަތުމުގެއިތުރުން އީމެއިލާއި ވައިބަރގެ ޒަރީއާއިން ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ.

ޑިންގީ ބައްލަވައިލެއްވުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ނީލަމުގެ މުއްދަތުގައި ރަސްމީ ގަޑީގައި މިއިދާރާއާއި ގުޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6700502އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 މޭ 2026