ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/70
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 17 މޭ 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ / އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެގްޒަމިނޭޝަން

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

25

މުސާރަ:

މަހަކު 7,372.44 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,159.62 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުން، ނުވަތަ
  2. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެގްޒަމިނޭޝަން

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

20

މުސާރަ:

މަހަކު 6,330.97 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,713.27 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަރޓިފިކެޓެއް ލިބިފައިވުން، ނުވަތަ
  2. މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުގެ ދަށުން ކުރިޔަށް ގެންދާ އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައިގެން ކުރުން.
  • އިމްތިހާން ޓައިމްޓޭބަލް ހެދުމަށްޓަކައި ފެކަލްޓީ/ސެންޓަރުތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި އިމްތިޙާނު ޓައިމްޓޭބަލް ތައްޔާރުކުރުން.
  • އިމްތިހާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިހާން ހޯލަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމާއި އިމްތިހާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
  • އިމްތިހާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމް ބުކްކޮށް، އިމްތިހާނަށް ހޯލް ތައްޔާރު ކުރަންފެށުމުގެ ކުރިން އެތަންތަން އިމްތިހާނުގެ ބޭނުމަށް ލިބިފައިވާކަން ކަށަވަރު ކުރުން.
  • އިމްތިހާން ހޯލްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ އިމްތިހާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގާ އެކަން އެފަރާތުން ކުރިކަން ކަށަވަރުކުރުމާއި އިމްތިހާނަށް ދަރިވަރުން އައުމުގެ ކުރިން އިމްތިހާނަށް ބޭނުންވާ ތަކެތި އިމްތިހާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.
  • އިމްތިހާން އިންވިޖިލޭޓް ކުރުން.
  • އިމްތިހާނަށް ބޭނުންވާ ތަކެއްޗަށް ދުރާލާ އެދުމާއި އެތަކެތި ސްޓޮކުން ނެގުން.
  • ސްޓޮކްގައި އިމްތިހާނަށް ޚާއްސަ ކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.
  • އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އިމްތިހާނަށްފަހު ނައްތާލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތާލުން.
  • އިމްތިހާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭގޮތަށް ރައްކައުކުރެވިފައިވާކަން ކަށަވަރުކުރުން.
  • އިމްތިހާން ކަރުދާހުގައިވާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.
  • އައުޓް-ރީޗް ސެންޓަރުތަކުގައި އިމްތިޙާނު ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ދުރާލާ ރާވައިގެން ކުރުން. އަދި އަތޮޅު ކެމްޕަސްތަކުގައި އިމްތިހާނު ބޭއްވުމަށްޓަކައި އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުން.
  • އިމްތިޙާނު ހަދާ ކެމްޕަސް ބަދަލުކުރަން އެދޭ ދަރިވަރުންނަށް ޤަވާއިދުން އެކަން ހަމަޖައްސައިދިނުން.
  • ޔުނިވަރސިޓީގެ އެކަޑަމިކް ކަލަންޑަރުގައިވާ ކޮންމެ ޓާރމެއްގެ އިމްތިހާނު ނިމުމުން އެ އިމްތިހާނާއި ބެހޭ ތަފްސީލް ރިކޯޑް އެކުލަވާލާ، އިމްތިހާނު ކުރިޔަށް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  • އެގްޒަމިނޭޝަންސް ޑިޕާޓްމަންޓުން އިމްތިޙާނުގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވާ އިމްތިޙާނުތަކުގައި، އިމްތިޙާނު ނިމުމަށްފަހު އިމްތިހާނުގައި ބަރިވެރިވި ފަރާތްތަކަށް ނަތީޖާ ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • އިމްތިހާން ޓައިމްޓޭބަލާއި، އިމްތިހާނުގެ ޤަވާއިދުތައް ވެބްސައިޓުން ލިބޭނޭގޮތަށް ބެހެއްޓުމާއި ޔުނިވަރސިޓީ ވެބްސައިޓްގެ އިމްތިހާނާ ބެހޭ ބައިގައިވާ މައުލޫމާތުތައް ޤަވާއިދުން އަޕްޑޭޓްކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިޙާނުތަކާއި ބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަޑައެޅިފައިވާ ސުންގަޑީގެ ކުރިން ކަމާ ބެހޭ ސެކްޝަނަށް ފޮނުވުން.
  • އެގްޒޭމިނޭޝަން ޑިޕާޓްމަންޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެތަކެތި އެފަރާތްތަކަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 މޭ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-70

 

ނޯޓް:

 

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
04 މޭ 2026