ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
|
މަޤާމް : |
ސީނިއަރ އިންޓާނަލް އޮޑިޓަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
|
މުސާރައާއި އެލަވަންސް: |
1. މުސާރަ: މަހަކު -/15000 ރުފިޔާ (ފަނަރަހާސް ރުފިޔާ) 2. ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފައްސަތޭކަ ރުފިޔާ) 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
|||
|
އޮފީސް : |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
ޔުނިޓް : |
އޮޑިޓް ޔުނިޓް |
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
· އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކްއުންޓްސް (IFAC) ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރެއް ނުވަތަ ޗާޓަޑް އިންޓާރނަލް އޮޑިޓަރ އެއް ކަމުގައިވުން އަދި އޮޑިޓް ދާއިރާގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
· އޮޑިޓިންގ ނުވަތަ އެކައުންޓިން، ފައިނޭންސްގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފާހެއް އޮތުމާއިއެކު 5 އަހަރު ދުވަހު އޮޑިޓް ދާއިރާގައި އަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން
|
|||
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް |
· އޮޑިޓްއާއި ގުޅުން ހުރި މަސައްކަތްތައް |
|||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· އޮޑިޓިންގ ދާއިރާއިން މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ · ކުރެވޭ އިންޓަރވިއުއިން ފާސްވުން · މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން · ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން · ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން · ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން |
|||
|
ރަސްމީ މަސައްކަތު ގަޑި: |
· ހެނދުނު 08:00 އިން 15:00 އަށް |
|||
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް |
· ވަޒީފާއަށްއެދޭ ފޯމް · ވަނަވަރު (ސީވީ) · އައިޑީ ކާޑުގެ ކޮޕީ · ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) · ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ) **އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. · ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
|
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 މޭ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، careers@maldivespost.com އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 މޭ 10 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. **ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
|
އިންޓަވިއު: |
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|||
|
ވަޒީފާއަށް އެދޭނެ ގޮތް: |
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form |
|||
|
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. · މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|||
|
3 މޭ 2026 |
||||