ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/22
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 12 މޭ 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހާއި ގުޅޭ

ހދ ކުމުންދޫގައި ގާއިމު ކުރެވިފައިވާ ދިރާގު އެންޓަނާގެ އިރުމަތި ފަރާތުގައި ކައުންސިލުން އޮރެންޖު ކުލައިގެ ދަވާދުން ސުމާރު ނަންބަރު އަދި ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތަށް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ފޯމުހުށަހަޅާފައި ނުވާތީ މި ކައުންސިލްގެ ނަންބަރު: (IUL)267-CA/267/2026/20 އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރީމެވެ. ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އެހެންކަމުން މި ރުއްގަހުގެ ވެރިން ރަސްމީ 7 ދުވަހުގެ ތެރޭގައި މި ކައުންސިލަށް ޙާޟިރުވެ ރުއްގަހު ބަދަލު ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް މި ކައުންސިލުން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމަވެ. އަދި މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކައުންސިލުން ސުމާރު ނަންބަރު އަދި ފާހަގަ ޖަހާފައިވާ އެއްވެސް ރުކުއް އަދި ގަހެއް ކަނޑާނަމަ ރުއްގަހުގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމަށްފަހު ބަދަލަށް އެދި ހުށަނާޅާ އަދި ނުނަގާ ހުރި ގަހަކަށް މި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. ރުއްގަހުގެ ބަދަލަށް އެދޭއިރު އެދޭނީ އެސަރަހައްދުގައި ކައުންސިލުން ސުމާރު ނަންބަރު ޖަހާފައިވާ ރުއް އަދި ބަނބުކެޔޮގަހަށް އެކަނިކަމުގައި ދަންނަވަމެވެ. ފަތްކޮޔޮ، އަދި އަލަ ފަދަ ގަސްގަހަށް މި ކައުންސިލުން ބަދަލު ނުދޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ކައުންސިލަށް ޙާޟިރުވެ ރުއްގަހުގެ ބަދަލު ފޯމު ހުށަހެޅުމަށްއެދެމެވެ. ރުއްގަހުގެ ބަދަލަށް އެދޭ ފޯމު މި ކައުންސިލްގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ.

03 މޭ 2026