ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/21
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 12 މޭ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރުގައި އެކި އެކި އައިޓަމް ހުށަހެޅުމާއި ގުޅޭ:

ކުރިއަށް އޮތް އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ކުޑަކުދިންގެ ހަވީރުގެ އެކި އެކި އައިޓަމް (ނެށުން ، ފެޝަންސޯ ، ދުވަހާގުޅޭ ލަވަ، މަދަހަ، ބަނދި އަދި ރައިވަރު ) ހުށަހެޅުމަގެ ފުރުސަތު ހުޅުވާލަމެވެ. އަދި އައިޓަމްތަށް ތައްޔާރު ކުރާނީ ބެލެނިވެރިންގެ ބައިވެރިވުމާއެކު ކުދިން ހިމަނައިގެންނެވެ.  އެގޮތުން ގުރޫޕްކޮން އަދި ވަކި ވަކިންވެސް އައިޓްމަ ހުށަހެޅިދާނެއެވެ. އެއްއައިޓަމްގައި ބައިވެރިވާ ކުދިން އަނެއް އައިޓަމްގައި ވެސް ބައިވެރިވެވޭނެއެވެ.

ވީމާ، ކުދިން ހުށަހަޅަން ބޭނުންވާ އައިޓަމް ތަކުގެ ތަފްސީލް  12 މެއި 2026 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިކައުންސިލާއި ހިއްސާކޮށްދެއްވުން އެދެމެވެ. ހުށަހަޅާ އައިޓަމްގެ ތަފްސީލް ފޮނުވާނީ ވައިބަރ މެދުވެރިކޮށް އިންނަމާދޫ ކައުންސިލްގެ ނަމްބަރ ( 7380052 ) އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އާމިނަތު ޝާޛުލީ (9892099) އަށެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މޭ 2026