ދިވެހިރާއްޖެ
އިޢުލާން
އއ.ފެރިދޫ ކައުންސިލްގެ 5 ވަނަ ދައުރަށް ހޮވިފައިވާ މެންބަރުން ހުވާކުރުމާއި އަދި އ.ތ.މ ކޮމެޓީގެ 2 ވަނަ ދައުރަށް ހޮވިފައިވާ މެންބަރުން ހުވާގެ އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސައުންޑް، ލައިޓިންގ އަދި އިވެންޓް ސެޓަޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2026 މެއި 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2026 މެއި 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 މެއި 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2026 މެއި 7 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.