ދިވެހިރާއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ ހަފްލާގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މިކޯޕަރޭޝަނާއެކު ގުޅިގެން ހިލޭ މަސައްކަތްކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން އިންތިޒާމްކޮށްގެން 27 ސެޕްޓެމްބަރު 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ' އަށް ބޭނުންވާ ތިރީގައި މި ދަންނަވާ ޚިދުމަތްތައް މި ކޯޕަރޭޝަނަށް އަގަކާނުލާ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގެ ދަށުން ބައިވެރިވާ ފަރާތްތަކަށް، ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ޚިދުމަތްތަކުގެ މެދުގައި އެފަރާތްތަކުގެ ބްރޭންޑް އިޝްތިހާރުކުރުމާއި ފާހަގަކޮށްލެވޭ ފަދަ ބޮޑު މަޤުބޫލުކަމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ޚިދުމަތް ބޭނުންވާ ދާއިރާތަކާއި މަންފާތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
|
# |
ޚިދުމަތް ބޭނުންވާ ދާއިރާ |
ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބޭނެ މަންފާ |
|
1 |
އިވެންޓް މެނޭޖްކޮށްދޭނެ ފަރާތް |
|
|
2 |
މީޑިއާ އަދި ބްރޯޑްކާސްޓިންގ ޕާޓްނަރޝިޕް |
|
|
3 |
އެއަރލައިން އަދި ޓްރެވަލް ޕާޓްނަރޝިޕް |
|
|
4 |
ބުއިންތައް ފޯރުކޮށްދޭ ޕާޓްނަރު |
|
|
5 |
ޕްރިންޓް އަދި ޕްރޮޑަކްޝަން ޕާޓްނަރު |
|
|
6 |
އިވެންޓް ހުށަހަޅައިދޭނެ ފަރާތް ( 01 އަންހެން އަދި 01 ފިރިހެން) |
|
|
7 |
މުނިފޫހިފިލުވުމުގެ ހަރަކާތްތައް (މަދުވެގެން 3 ހަރަކާތް: ސަގާފީ ނެށުން، ލަވަކިޔުންތެރިން، ފަދަ ކަންކަން) |
|
|
8 |
މެހެމާނުންނަށް މަރުޙަބާ ކިޔުމާއި، އިށީންނާނެ ތަން ދެއްކުމާއި، އެވޯޑް ހަވާލުކުރުމުގައި އެހީތެރިވާނެ ފަރާތް (06 އާއި 08 އާ ދޭތެރޭ އަދަދަކަށް އަޝަރުން) |
|
|
9 |
އިވެންޓު ހުށަހަޅައިދޭ ފަރާތްތަކާއި އަޝަރކަން ކުރާ ފަރާތްތައް ޒީނަތްތެރި ކޮށްދޭނެ ފަރާތެއް (މޭކްއަޕް އަދި ހެދުންއެޅުން) |
|
މަތީގައި ދެންނެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފޯރުކޮށްދެވޭނެ ޚިދުމަތްތަކާއި އެކަމުން ދެފަރާތަށް ލިބޭނެ މަންފާތަކުގެ ތަފްސީލާއެކު ކޮމްޕެނީ ޕްރޮފައިލް އާއި ގުޅޭނެ ނަންބަރު އަދި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.