ދިވެހިރާއްޖެ
|
އިޢުލާނު |
|||||||||||||
|
މަޤާމު: |
ސީނިއަރ ކައުންސިލް އޮފިސަރ |
||||||||||||
|
މަޤާމުގެ ނަންބަރު: |
J-440563 |
||||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް ) |
||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1 |
||||||||||||
|
ޑިވިޝަން / ސެކްޝަން: |
ކޯޕަރޭޓް އެފެއާޒް ޔުނިޓް |
||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އދ. މާމިގިލީ ކައުންސިލްގެ އިދާރާ |
||||||||||||
|
މުސާރަ: |
-/9845 ރުފިޔާ |
||||||||||||
|
މަޤާމްގެ އެލަވަންސް: |
-/4595 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނުނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން - ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް. - ހާޒިރީ ޢިނާޔަތް : ހާޒިރުވާ ދުވަހަކަށް -/125
|
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. - ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. - ކައުންސިލް ހިންގުމަށް ކޮންމެ އަހަރަކު ބޭނުންވާ ލިޔެކިޔުމާއި ހަރު މުދަލުގެ ގޮތުގައި ހޯދަންޖެހޭ އެންމެހާ ތަކެތި މަދުވެގެން އަހަރަކު 02 ފަހަރު، ދައުލަތު މާލިއްޔަތު ޤަވާއިދުގެ 10.54 ގައިވާ ގޮތުގެ މަތިން ހޯދާ ބެލެހެއްޓުން - ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެޓްތަކާއި އިދާރާ ހިންގުމަށް ކުއްލިއަކަށް ހޯދަންބޭނުންވާ ތަކެތި ކަމާގުޅޭ ޝެކްޝަނަކުން އެދުމުން ރިކްއަސްޓް ފޯމްގައި ޝެކްޝަނުގެ ވެރިޔެއް ނުވަތަ ވެރިޔަކު ހުއްދަ ދެއްވާފައިވާ މުވައްޒަފެއްގެ ސޮއި އޮތްތޯބަލާ ކަށަވަރު ކުރުމަށްފަހު މާލިއްޔަތު ޤަވާދުގައިވާ ޑޮކިމަންޓްތައް ހަމަކޮށް އެތަކި ހޯދާ ސްޓްކް ބަލަހައްޓާ މުވައްޒަފާ ހަވާލުކޮށް މުވައްޒަފުންނަށް އެތަކި ލބޭނެ އިންތިޒާމް ހަމަޖެއްސުން - މާލިއްޔަތު ޤަވާއިދުގައި ބާޔާންކޮށްފައިވާ ގޮތަށް އޮފީހަށް ގަންނަންޖެހޭތަކެތީގެ ތެރެއިން ޑޮކިއުމަންޓް ހަވެފައިވާ ރިކްއަސްޓްފޯމްތަކަށް ޕީއޯ ތައްޔާރުކޮށް ވިއްކާފަރާތަށް ސޮއި ހަމަކޮށް ޕީ އޯ ފޮނުވުމަށްފަހު މުދާ އައުމުން އޯޑަރު ކުރިތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ޕީ. އޯ ގެ ކޮޕީއެއް ހަވާލް ކުރަންވާނެއެވެ. - މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލާއި ކައުންސިލުން ބަލަހައްޓާ ތަންތަނަށް ގަންނަ އެންމެހާ މުދާ ގަތުމުގެ ކުރިން އެފަދަތަކެތި ހޯދުމަށް ހިގަމުންދާ އަހަރުގެ ބަޖެޓްގައި ހިމަނާފައިވޭތޯ ކަށަވަރު ކުރުމަށްފަހު ތަކެތި ހޯދާ އެ ލިޔުންތައް " ވިޔަ ޕޯރޓަލް " ގައި ޤަވާއިދުން ރެކޯރޑް ކުރަމުން ގެންދިއުން - ކައުންސިލްއިދާރާއި އިދާރާގެ ދަށުން ހިންގާ އަދި ބަލަހައްޓަމުންދާ ތަންތަނަށް ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ހިދުމަތްތައް ހޯދުމަށް އިއުލާން ތައްޔާރުކޮށް ގެޒެޓް ކުރުމާއި އިއުލާނާއި ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި އިއުލާނާއި އިއުލާނާ ގުޅޭ ޗެކްލިސްޓް ފުރިހަމަކޮށް ބިޑްތައް ބަލައިގަތުން. - އެގްރީމެންޓްކޮށްގެން ކުރިއަށް ގެންދަންޖެހޭ ހިދުމަތާއި މަސައްކަތްތަކުގެ އެގްރިމަންޓް ހެދުމާއި އެގްރިމަންޓާއި އެއްގޮތަށް ހިދުމަތާއި މަސައްކަތް ނިމުންކަން ޔަގީންކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ފޮނުވާއި ރެކޯޑް ބެލެހެއްޓުން - ޕްރޮކިއުމަންޓް ސެކްޝަންގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން - ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން - އެގްރީމަންޓް ރަޖިސްޓްރީ، ޕީ.އޯ ރަޖިސްޓްރީ، އެސެޓް ރަޖިސްޓްރީއަށް އަޅަންޖެހޭ މަޢުލޫމާތުތައް އަޅާ އަދާހަމަކުރުން - ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމުގެ ކުރިން ޑޮކިއުމަންޓްތައް ހަމަކޮށް އެންޓްރީ ކުރުވުމާއި، ބަޖެޓް ސެކްޝަނަށް ބިލް ހަވާލުކުރުމާއި ބިލްތަކާ ގެޅޭ އެންމެހާ ލިޔުންތައް ގަވާއިދުން ކަމާގުޅޭ ފޯލްޑަރތަކުގައި ސޭވްކޮށް ރެކޯޑްކޮށް ބެލެހެއްޓުން - ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ ޕީ.އޯ އަދި އެސެޓްތަކުގެ ފޯމްސެޓް ވިޔަ ސިސްޓަމްގައި އެޓޭޗްކޮށް އަޕްލޯޑް ކުރުން. - ޕީ.އީ ރަޖިސްޓްރީއާއި އިއުލާން ރަޖިސްޓްރީ އަދި ބިޑާއި ގުޅޭ ކަންކަމަށް ވަކި ރަޖިސްޓްރީއެއް ތައްޔާރުކުރުމަށްފަހު ބިޑް ސެކިއުރިޓީ ޕާރފޯމަންސް ސެކިއުރިޓީ ރިޓެންޝަންފައިސާގެ ތަފްސީލް ހިމެނޭހެން މަޢުލޫމަތުތައް އަޅާ އަދާ ހަމަކުރުން - ކޮންމެ ކުއާރޓާއެއްގައި ބަޖެޓް ސެކްޝަނަށް ހަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓް ތައްޔާރުކޮށް، ފައިނޭންސް ސެކްޝަނަށް ފޮނުވާ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަކޮށް ނުފޮނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާއާށް ފޮނުވުން. - ޕްރޮކިއުމަންޓް މަސައްކަތަކާއި ގުޅިގެން ސަރުކާރު އިދާރާއަކަށް ހިއްސާ ކުރަންޖެހޭ މައުލޫމާތުތައް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ފޯރުކޮށް ދިނުމާއި އޮންނަ އުސޫލުގެ ތެރެއިން ހިއްސާކުރަންޖެހޭ ލިޔުންތައް ފޯރުކޮސްދިނުމުގެ ކަންކަން ކުރިއަށް ގެންދިއުން
|
||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
1- ދިވެހިރާއްޖޭގ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް |
||||||||||||
|
މަޤާމުގެ ތައުލީމީ ރޮނގުތައް: - https://www.csc.gov.mv/PostStructure/Index/36
ގުޅޭ ވަޒީފާގެ ދާއިރާތައް: - އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
|
|||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
ނޯޓު: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މެއި 2026 ވަނަ ދުވަހު ގެ 14.00 ގެ ކުރިން، އދ މާމިގިލީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 މެއި 2026 އިން 21 މެއި 2026 އާއި ދެމެދު އދ މާމިގލީ ކައުންސިލްގެ އިދާރާގައެވެ. |
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މއިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680538 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|||||||||||||