ދިވެހިރާއްޖެ
`
ފިނޭސްކޫލް
ހދ.ފިނޭ ނަންބަރު:(iul)GS99/2026/006
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހުގެ ނީލަމުގެ އުޞޫލުން ނީލަންކިޔުން، 14 މެއި 2026 ވާ ބުރާސްފަތި ދުވަހު އޮންނާނެއެވެ. ނީލަންކިޔުން އޮންނާނީ ހދ.ފިނޭ ސްކޫލްގައެވެ.
މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 13 މެއި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ފިނޭ ސްކޫލް އަށް ހާޒިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވިމާ، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް ފިނޭ ސްކޫލްއަށް ޙާޞިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށް ފަހު ރިސިޕްޓް 9166546 މި ނަމްބަރަށް ވައިބަރ ކޮށްލަދިނުން އެދެމެވެ. ފައިސާ ދެއްކުމަށްފަހު ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
03 މެއި 2026