ދިވެހިރާއްޖެ
`
ގެމަނަފުށީ ސްކޫލް
ގއ.ގެމަނަފުށި
އިއުލާނު ނަންބަރ: GS202/IUL/2026/05
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގެމަނަފުށީ ސްކޫލްގެ ޓީޗަރުންގެ ޓީރޫމުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ތަޢާރަފު: ގެމަނަފުށީ ސްކޫލްގެ ޓީޗަރުންގެ ޓީރޫމުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތައް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑު ރެޖިސްޓްރޭޝަން
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އެޕްރީލް 2026 އިން ފެށިގެން 04 މެއި 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، މި އިޢުލާނުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރައްވައި ރަޖިސްޓްރީ ކުރެއްވުމަށް އެދެމެވެ. ބިޑު ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށާއި، މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމު: https://forms.gle/Mfe9AmHtAjsqKAfq8
މަޢުލޫމާތު ސެޝަން:
ތާރީޚް: 04 މެއި 2026 (ހޯމަ)
ގަޑި: ހެނދުނު 10:10
ތަން: ގެމަނަފުށީ ސްކޫލުގެ ލައިބްރަރީ
މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 10 މެއި 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ގެމަނަފުށީ ސުކޫލް
ފޯން: 7983077
އީ-މެއިލް: [email protected]
އަންދާސީ ހިސާބު ހުށަހެޅުން (ބިޑު ސަބްމިޝަން):
ތާރީޚް: 10 މެއި 2026 (އާދީއްތަ)
ގަޑި: ހެނދުނު 10:30
ތަން: ގެމަނަފުށީ ސްކޫލުގެ ލައިބްރަރީ
ވިމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންވީމެވެ.
13 ޛުލްޤައިދާ 1447
30 އެޕްރީލް 2026