ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/20
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 04 މޭ 2026 12:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

          (IUL)307/INDIV/2026/20:ނަންބަރު

އިންނަމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެސަރަހައްދު ސާފުކުރުމަށްޓަކައި ، ބަނދަރު ބޮޑުކުރާ ސަރަހައްދުގައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)307/INDIV/2026/17(23 އޭޕްރީލް 2026) އިއުލާނާއި ގުޅިގެން އެސަރަހައްދުގައި ހުރި ބައެއް ރުއްގަސްތަކުގެ ވެރިންގެ މައުލޫމާތު ލިބިފައި ނުވާތީ، އިއުލާންގެ މުއްދަތު އިތުރުކުރަމެވެ. 

ވީމާ، ތިރީގައި ތަފްސީލު ދެވިފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން 04 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން 2 ހެކިވެރިންނާއިއެކު އެކަން މިކައުންސިލަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ކައުންސިލް މެމްބަރ އިބްރާހީމް ނުހާން (7801241) އަށް ގުޅުއްވުން އެދެމެވެ. އިޢުލާނާއިއެކު ސަރަޙައްދު އަންގައިދޭ ޗާޓް އެވަނީއެވެ.

ރުއްގަހުގައި ނަންބަރު ޖެހިފައިވާ ގޮތުގެ ތަފްސީލު (ނަންބަރު ޖެހިފައިވާނީ ކަޅުކުލައިން):

މިދިލި: 1 އިން 10 އަށް. 17 އިން 21 އަށް. އަދި 30

ހިރުނދު: 12 އިން 16 އަށް. 26 އިން 28 އަށް.

ފުނަ: 11

ރުއް: 01 އިން 37 އަށް، 40 އަދި 43 އިން 51 އަށް.

ނުފޯދޭ ރުއް: 39،38 އަދި 42،41

ދިއްގާ:  22 އިން 25 އަށް. އަދި 30

ކާނި: 29

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޭޕްރިލް 2026