ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)389/389/2026/8
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 07 މޭ 2026 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުން

އިޢުލާނު

 

ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރާނެ އިމާމު/މުދިމުން ހޯދުން.

 

މަޤާމު:

ވަގުތީ އިމާމު/މުދިމު

މަޤާމުގެ ގިންތި:

ވަގުތީ (15 މެއި 2026 އިން 14 މެއި 2027)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ / ތ. ހިރިލަންދޫ، ދިވެހިރާއްޖެ

މުސާރަ، އެހެނިހެން އެލަވަންސް:

އިމާމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 61.00 (ފަސްދޮޅަސް އެކެއް) ރުފިޔާ

މުދިމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 53.00 (ފަންސާސް ތިނެއް) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން

3. ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދު، ކަށު ނަމާދު އިމާމުވެ ނަމާދުކުރުން

4. މިސްކިތް ތެރޭގައި މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ޢަމަލުކުރަމުން އަންނަ ފަރާތްތަކަށް ނަސޭހަތްދީ އެކަން ހުއްޓުވުން

5. މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

6. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލާއި ސެކްރެޓަރީ ޖެނަރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.

7. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ އިމާމުވެ ހުކުރުނަމާދު ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު

މަޤާމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ޕޫލްގައި ހިމެނިގެންދާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މެއި 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780032 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

30 އޭޕްރިލް 2026