މަސައްކަތް
ނަންބަރު: (IUL)CHSE-SMT/1/2026/09
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި:
10 މޭ 2026 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސެންޓަރުގެ ހޯލުގައި ދޮރުފޮތި ހެދުމާއި ހަރުކުރުން
ސީ.އެޗް.އެސް.އީ- ހުޅުމާލެ
އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2026/09
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސެންޓަރުގެ ހޯލުގައި ދޮރުފޮތި ހެދުމާއި ހަރުކުރުން
މިސެންޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހޯލުގެ ދޮރުފޮތި ހެދުމާއި ހަރުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)CHSE-SMT/1/2026/05(21 އޭޕްރީލް 2026) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ބަދަލުވުމާއި ގުޅިގެން، މިއިޢުލާން ބާތިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.
- ސީ.އެޗް.އެސް.އީ- ހުޅުމާލެ ހޯލުގެ ދޮރުފޮތި ހެދުމާއި ހަރުކުރުމަށް ބޭނުންވެއްޖެއެވެ.
- ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 30 އެޕްރީލް 2026 ން 10 މެއި 2026 ގެ 14:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ''ބިޑް ރަޖިސްޓްރީ ފޯމް'' ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ
- ''ބިޑް ރަޖިސްޓްރީ ފޯމް'' މިއިޢުލާންގެ ގެޒެޓްގައި އެޓޭޗްކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 މެއި 2026 ވަނަ ދުވަހުގެ 13:00 ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 މެއި 2026 ވަނަ ދުވަހުގެ 10:30 ގައި ހުޅުމާލެ ސީ.އެޗް.އެސް.އީގެ މީޓިންގް ރޫމުގައެވެ.
- މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތާއި ޖަދުވަލުތައް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ހުޅުމާލެ
ފޯން: 3319111 / 3319104
އީ- މެއިލް: [email protected]
30 އޭޕްރިލް 2026