ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ބޭނުންވާ ފޯޖީ ހޭންޑްހެލްޑް ރަމަން އެނަލައިޒަރ (އޭޓީ އާރް 6500) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 07 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައިވާ ތަކެތި ފޯރުކޮށްދޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު ޑޭޓާޝީޓް ވާނީ އެޓޭޗްކުރެވިފައެވެ.
މިތަކެތި ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.