ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2026/81
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 04 މޭ 2026 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންޓާރން (އައި.ޓީ ޑިޕާރޓުމަންޓު)

މަޤާމް:

 އިންޓާރން

ބޭނުންވާ އަދަދު:

    2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ޑިޕާޓްމަންޓް / ސެކްޝަން:

އައި.ޓީ ޑިޕާރޓުމަންޓު

މަސައްކަތު ގަޑި:

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ދުވާލަކު 4 ގަޑި އިރު އެވެ.

މުއްދަތު:

3 މަސް ދުވަސް

ޢުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 175.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޔުނިވަރސިޓީގެ އައި.ޓީ ޓީމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  2. ޔުނިވަރސިޓީގެ އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެމޯ، ނޯޓް ފަދަތަކެތި ބަލައިގަނެ ސްޕަވައިޒަރ/ވެރިޔާގެ އަރިހަށް ގެންދިއުމާއި އަދި ވެރިން ދެއްވަވާ ޖަވާބުތައް ލިޔެ ފުރިހަމަކުރުމަށްފަހު އެޖަވާބުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޖެމްސް، އީމެއިލް އަދި އައި.ޓީ ޓިކެޓިންގ ގެ ޒަރީއްޔާއިން ފޮނުވުން
  4. އެކި ޑިޕާޓްމަންޓްތަކުން ބާއްވާ އިވެންޓްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ގުރޭޑު 10 ނިންމާފައިވުން
    • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
    • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން.
    • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓފިކެޓް.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) (ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން)
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
  • ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

    https://forms.gle/oUzGfoPGTe7KXM7p6

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގެ މުއްދަތު ހަމަވާނީ 04 މެއި 2026 ވަނަ ދުވަހުގެ 23:59 އަށެވެ.

ޝޯޓް ލިސްޓްކުރުން

  • ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މަސައްކަތް ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް އޮފް އެޕްރިސިއޭޝަން ގެ ގޮތުގައި ސެޓްފިކެޓެއް ދެވޭނެއެވެ. އަދި ވަޒީފާގައި އުޅުނުކަމުގެ ލިޔުންވެސް ދެވޭނެއެވެ.

އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  1405ނަންބަރު ފޯނާއެވެ.
  • އީ-މެއިލް ކުރާނީ [email protected]  އަށެވެ.
29 އޭޕްރިލް 2026