ދިވެހިރާއްޖެ
2026 މޭ މަހުގެ 02 ވަނަދުވަހު، ރަށުގެ ސަރުކާރު މުވައްސަސާތަކާއި، ކުންފުނިތަކާއި، އާންމު ރައްޔިތުން ގުޅިގެން ރަށުތެރެ ސާފްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ. އެހެންކަމުން މިހަރަކާތް ކުރިއަށް ގެންދިއުމުގެ ކުރިން ގޯތިން ބޭރުގައި ރަށުގެ އެކިސަރަހައްދު ތަކުގައާއި، ވަލުތެރޭގައި ބަހައްޓާފައިހުރި ދަރުގެގޮތުގައި ބޭނުންކުރާ (ފަން، ލަކުޑި، ބޮނބި އަދި އުނބު) ފަދަތަކެތި 01 މޭ 2026 ވާ ހުކުރު ދުވަހުގެ ނިޔަލަށް ތަކެތީގެ ވެރިފަރާތްތަކުން އެތަކެތި އެތަންތަނުން ނެގުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގައި ހުރިތަކެއްޗަށް، ސާފްކުރުމުގެ ހަރަކާތުގެ ތެރޭގައި ލިބޭ ގެއްލުމަކަށް މިއިދާރާއިން ޒިންމާނުވެވޭނެ ކަމުގައި ދަންނަވަމެވެ
މިހެންވެ މިކަން އާންމުކޮށް އަންގާއިޢުލާނުކުރީމެވެ.
11 ذوالقعدة 1447