މަސައްކަތް
ނަންބަރު: (IUL)120-D/120/2026/11
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި:
05 އޭޕްރިލް 2026 23:59
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ހޯލުތަކަށް ގޮނޑިއާއި ޑެސްކް ގެންގޮސް އެތުރުމާއި ގެނައުމާއި އަދި ފޮށިފަދަ ތަކެތި ގެންގޮސް ގެނައުމަށް އުފުލާ ބޭލުމާއި ތަންތަނުގައި ބަހައްޓައި އަތުރާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޭޕްރީލް 29 ން 2026 މެއި 5 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.gle/uWci8QV7UVPt5eFr6
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 7 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ އިއްޒުއްދީން ބިލްޑިންގ 4 ވަނަ ފަންގިފިލާގެ ލޮޖިސްޓިކްސް ޔުނިޓް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7912737 /3041395 އިން ލިބިވަޑައިގަންނަވާނެއެވެ.
11 ޛުލްޤައިދާ 1447
29 އޭޕްރީލް 2026
29 އޭޕްރިލް 2026