ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/34
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި:
07 މޭ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
1447 އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ. މަސްރޭހުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 07 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމް މިއިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައިނުގެނެވޭނެއެވެ. ފޯމާއި އެކު ޓީމްގެ ހުރިހާ ބައިވެރިންގެ އައިޑީކާޑް ދެފުށުގެ ސާފުކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
28 އޭޕްރިލް 2026