ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2026/136
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި:
30 އޭޕްރިލް 2026 22:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 އޭޕްރީލް 29 އަދި 30 މި ދެ ދުވަހުގެ 18:30 އިން 22:30 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 އޭޕްރީލް 29 އަދި 30 މި ދެ ދުވަހުގެ 18:30 އިން 22:30 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ވަށައިގެންވާ ސަރަހައްދުން 4100 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން، ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ
28 އޭޕްރިލް 2026