ބީލަން
ނަންބަރު: (IUL)304-CA/304/2026/33
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 03 މޭ 2026 10:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދު ޖާފަތުގެ ކޭޓަރިން ކުރާނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އަޟްހާ ޢީދު ޖާފަތުގެ ކޭޓަރިން ކުރާނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.  ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 އޭޕްރިލް 28 ވަނަ ދުވަހުން ފެށިގެން 2026 މޭ 03 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

03 މޭ 2026

އާދީއްތަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

07 މޭ 2026

ބުރާސްފަތި

10:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

11 ޛުލްޤައިދާ  1447

 

28 އޭޕްރިލް 2026