ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A1/1/2026/18
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:35
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޗެންމްބަރ ހޯލް އޮފް ދި ތިބިލިސި ސްޓޭޓް ކޮންސަރވެޓުއަރ، ޖޯޖިއަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޯތާރސް ސްޓޫޑިއޯ" އިންޓރަނޭޝަނަލް ކްލާސިކަލް ގިޓަރ ކޮމްޕެޓިޝަން ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު

          2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 އިން 17 އަށް ތިބިލިސި، ޖޯޖިއަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ  "އޯތާރސް ސްޓޫޑިއޯ" އިންޓަނޭޝަނަލް ކްލާސިކަލް ގިޓަރ ކޮމްޕެޓިޝަންގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި މުބާރާތުގެ ރައުންޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 15-16 އަށް ޗެންމްބަރ ހޯލް އޮފް ދި ތިބިލިސި ސްޓޭޓް ކޮންސަރވެޓުއަރ ގައެވެ. އަދި ފައިނަލް ގާލާ ކޮންސާރޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 17 ގައި ތިބިލިސި ޒަކަރިއާ ޕާލިއާޝްވިލީ ސެންޓްރަލް މިއުޒިކް ސްކޫލް ހޯލް ގައެވެ.

          މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކްލެސިކަލް ގިޓާ އާއި މިއުޒިކްގެ ފަންނު ދިރުވައި އާލާކުރުމާއި، ޒުވާން މިއުޒީޝަނުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި މި ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދީ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާއި، ހުނަރުތައް ދައްކާލުމުގެ މަގުތައް ފަހިކޮށްދިނުމެވެ. އަދި މި ދާއިރާގެ މާސްޓަރކްލާސްތަކުގައި ބައިވެރިވެ، އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

          ވީމާ، "އޯތާރސް ސްޓޫޑިއޯ" އިންޓަރނޭޝަނަލް ކްލާސިކަލް ގިޓަރ ކޮމްޕެޓިޝަނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މަތީގައިވާ އީމެއިލް މެދުވެރިކޮށް މި މުބާރާތް ހިންގާ ފަރާތްތަކާއި ގުޅުއްވުން އެދެމެވެ.        

28 އޭޕްރިލް 2026