ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/27
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:37
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ދެކުނު އަދި އިރު ދެކުނު ފަރާތުގައި ހެދިފައިވާ 2 ސިޑިކައިރިން މޫދަށް އެެރޭ ސަރަހައްދު ބޭނުންކުރުމާއި ގުޅޭ

 

ރަށުގެ ދެކުނު އަދި އިރު ދެކުނު ފަރާތުގައި ރަށުގެ ވަށާލެވިފައިވާ ހިލަތޮށި މަތިން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ރައްޔިތުން މޫދަށް އެރިއުޅުމަށް ހެދިފައިވާ 2 ސިޑިކައިރިން ސިޑީގެ ދެފަޅިންވެސް 200 ފޫޓް ސަރަހައްދުގައި އެއްވެސް ފަރާތަކުން ފައްތިޔާޖެހުމާއި އެއްވެސް އުޅަނދެއް އެސަރަހައްދަށް ވައްދާ ދުއްވުމާއި، އަޅާފައި ބޭއްވުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މި ސަރަހައްދަށް އެއްވެސްބާވަތެއްގެ ކުންޏެއް އަދި ތަނުގެ ޒީނަތްތެރިކަމާއި ހިތްގައިމުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސްފަރާތަކުން ހިންގުމާއި، ކުރުމަކީވެސް މަނާ ކަމެއްކަމުގައި ދަންނަވަން.

    ވިމާ މިފަދަ ކަންކަން ކުރަމުންދާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށާއި ނުކުރުމަށް ނަސޭހަތްތެރިވަމެވެ. މިފަދަ ކަންކަންމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

 

 

28 އޭޕްރިލް 2026