މަސައްކަތް
ނަންބަރު: PRC-MPL/IUL/2026/66
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 13 މޭ 2026 11:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސ. ފޭދޫ ޕޯސްޓު އޮފީހުގެ އިންޓާރނަލް ސްޓްރަކްޗަރ އަށް ގެންނަށްބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލުން

1-  ބީލަމާއި ބެހޭ މަޢުލޫމާތު: 

ސ. ފޭދޫ ޕޯސްޓު އޮފީހުގެ އިންޓަރނަލް ސްޓްރަކްޗަރ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2026/55 ( 08 އޭޕްރީލް 2025) އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ މި ދެންނެވި އިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ސ. ފޭދޫ ޕޯސްޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް"  މި އިޢުލާނާއެކު  އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

04 މެއި 2026     

އެޑްރެސް/ތަން:

ސ. ފޭދޫ ޕޯސްޓް އޮފީސް

ގަޑި:

11:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

13 މެއި 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.  

އެޑްރެސް/ތަން:

ސ. ފޭދޫ ޕޯސްޓް އޮފީސް

ގަޑި:

11:00

2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތުގައި ޕްރީ-ބިޑް މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް

[email protected]

28 އޭޕްރިލް 2026