ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM/ADV/2026/074
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 05 މޭ 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސޯސިއޭޓް ލީގަލް ކައުންސެލް

FSM-ADV/2026/074

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.                        

 

މަޤާމް:

އެސޯސިއޭޓް ލީގަލް ކައުންސެލް

ޑިޕާޓްމަންޓް/ސެކްސަން:

ލީގަލް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ޓްރައިބިއުނަލް އާއި ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުން

-        ކުންފުނީގެ ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާ ދިނުން

-        ކުންފުނީގެ ޤަވާޢިދުތަކާއި އުސޫލުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން

-        މަސްއޫލިއްޔަތުތަކާ ގުޅިގެން ކުންފުނިން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން

ޝަރުތުތައް:

-        ޤާނޫނީ  ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-        ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.

-        ޤާނޫނީ އުސޫލުތަކަށް އަހުލުވެރިވުމާއެކު، ޤާނޫނީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި މައްސަލަތައް ފަންނީގޮތުން ދިރާސާކޮށް ތަހުލީލުކުރުމުގެ ފުރިހަމަ ގާބިލުކަން ހުރުން.

މަހު މުސާރަ:

28,400ރ އާއި 27,400ރ އާއި ދެމެދު

ޑިޕާޓްމަންޓް:

ލީގަލް ޑިޕާރޓްމަންޓް އެފް. އެސް. އެމް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 5 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 27 އޭޕްރިލް 2026

27 އޭޕްރިލް 2026