ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/10
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:01
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 އޮކްޓޯބަރ މަހު ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުމާ ގުޅޭ.
2025 އޮކްޓޯބަރ މަހު ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް، 2026 އެޕްރީލް 28 ވާ އަންގާރަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންނަށް ދޫކުރަން ފަށާނެއެވެ. ސެޓްފިކެޓް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.
މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާއި ހަވާލުވުމަށް ކެންޑިޑޭޓުން އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުންއެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
27 އޭޕްރިލް 2026