ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2026/34
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 07 މޭ 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާ ބެހޭ

މިރަށު އެކިސަރަހައްދުތަކުގައިވާ ނަންބަރު 11، 12، 13 އަދި 14 ނަންބަރު ބިމާއިއެކު ޖުމްލަ 04 ބިން ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކޮންމެ ފަރާތަކަށް 01 ބިމެވެ. އަދި ގުރުއަތު ނެގުމަށް ފަހު އިތުރު ބިން ހުރިނަމަ ބޭނުންވާ ފަރާތްތަކަށް ގުރުއަތުން އެބިންތައްވެސް ދޫކުރެވޭނެއެވެ. ދަނޑުބިންތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކޮށް ބިން ބަލަން ބޭނުންވާނަމަ 30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 10:45 އަށް މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

ދަނޑުބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިއިދާރާއަށް ސިޓީހުށަހަޅަންޖެހޭ އެންމެ ފަހު ވަގުތަކީ 07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމުގައި ދަންނަވަމެވެ.

27 އޭޕްރިލް 2026