ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)380/2026/07
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 30 އޭޕްރިލް 2026 12:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ރ.މ. ރުއްގަނޑާއި ރ.ރ. ރުއްގަނޑާގުޅޭ

އިޢްލާން

ދ.މާއެނބޫދޫ ރ.މ. ރުއްގަނޑާއި ރ.ރ. ރުއްގަނޑާގުޅޭ

ދ.މާއެނބޫދޫ ރ.މ. ރުއްގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ ދެރުއްގަނޑާއި، ރ.ރ. ރުއްގަނޑުގައި ފެހިކުލައިގެ ދަވާދުން، ރމ އަދި ރރ ޖަހާފައިވާ ރުއްތަކުގެ ތެރޭގައި، އަމިއްލަ މީހެއްގެ ރުކެއްގެ ގޮތުގައި މި ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ރުކެއްގައި ރމ އަދި ރރ ޖަހާފައިވާނަމަ، 2026 އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން، ރުއް ހުރި ސަރަހައްދު އެނގޭ ގޮތަށް އެކަން މި ކައުންސިލަށް ހުށައަޅައިދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

9 ޛުލްޤަޢިދާ 1447

26 އޭޕްރީލް 2026

26 އޭޕްރިލް 2026