މުބާރާތް
ނަންބަރު: NAM/IUL/2026/04
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި:
10 މޭ 2026 13:00
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
25 ވަނަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް
2026މޭ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 25 ވަނަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެދޭ، މި އެސޯސިއޭޝަންގެ މެމްބަރު ޖަމްޢިއްޔާތަކުން، ބައިވެރިވުމަށް އެދޭ ފޯރމް އަދި ޓީމްލިސްޓް ފުރިހަމަކުރުމަށްފަހު [email protected] އަށް ތިރީގައިވާ ތާވަލާއި އެއްގޮތަށް ފޮނުވައި ދެއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯރމް،ޓީމްލިސްޓް އަދި މުބާރާތުގެ ޤަވައިދު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
|
ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑި |
ޓީމު ލިސްޓް ހުށަހެޅުމުގެ ސުންގަޑި |
|
2026 މޭ 3 ވަނަ ދުވަހު 13:00 |
2026 މޭ 10 ވަނަ ދުވަހުގެ 13:00 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.
26 އޭޕްރިލް 2026