ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2026/32
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 31 މޭ 2026 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ގްރޭންޑް ހަލާލް ބެންކޮކް 15 – 17 ޖުލައި 2026 - ބެންކޮކް، ތައިލެންޑް

ތައިލެންޑް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަހަރު ޖުލައި މަހުގެ 15 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ގްރޭންޑް ހަލާލް ބެންކޮކް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ތައިލެންޑް ސަރުކާރުން ވަނީ މި މިނިސްޓްރީ އާ ހިއްސާކުރަށްވާފައެވެ. މިއީ ތައިލެންޑުގެ ސެންޓްރަލް އިސްލާމިކް ކައުންސިލް އިން ރަސްމީކޮށް އެއްބާރުލުންދީގެން ބާއްވާ، އެގައުމުގެ ހަމައެކަނި ބައިނަލްއަގުވާމީ ހަލާލް ސިނާއަތުގެ މައުރަޒެވެ. މިމައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކާއި، ސަރުކާރުގެ މުއައްސާސާތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

މިމައުޒަރަކީ ތިން ދުވަހަށް ދެމިގެންދާ، ޙަލާލް ސިނާއަތާ ގުޅުންހުރި ތަފާތު ދާއިރާތައް ހިމެނޭ މައުޒަރެކެވެ. މީގެތެރޭގައި ކާބޯތަކެތީގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދައިރާ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ބީ2ބީ ސެޝަންތަކުގައި ބައިވެރިވާން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރީމިއަމް ސްޕޮންސަރޝިޕް ލިބުމުގެ ފުރުސަތު އޮތްކަމުގެ މައުލޫމާތުވެސް މައުރަޒު އިންތިޒާމުކުރައްވާ ފަރާތުން ހިއްސާކޮށްފައިވެއެވެ.

މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 31 މެއި 2026 ގެ ކުރިން، މި މައުރަޒުގެ ރަސްމީ ވެބްސައިޓް (grandhalalbangkok.com) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުން އެދެމެވެ.  އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ގްރޭންޑް ހަލާލް ބެންކޮކް ގެ ވެބްސައިޓް (grandhalalbangkok.com) އިންވެސް ލިބޭނެކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިމައުޒަރާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.

26 އޭޕްރިލް 2026