ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2026/116
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 29 އޭޕްރިލް 2026 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކުޑަކުދިންގެ ހަވީރު 2026 ގެ ކެންޓީންގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ކުޑަކުދިންގެ ހަވީރު 2026 ގެ ކެންޓީންގެ ފުރުސަތު ހުޅުވާލުން

        މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 2026 މޭ 07 ވާ ބުރާސްފަތި ދުވަހު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

        އެހެންކަމުން، ކުޑަކުދިންގެ ހަވީރު ހިނގަމުން ދާ ވަގުތު (ހަވީރު 16:00 އިން 18:00)އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 03 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިދާރަގެ ސޯޝަލް އެފެއާޒް ޔުނިޓްގެ މެއިލް [email protected] އަށް މެއިލް ކޮށް ދެއްވުން އެދެމެވެ.

        ވަގުތު ހަމަވާއިރު 03 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 03 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އިދާރާއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ޓެންޓާއި ކަރަންޓުގެ ޚިދްމަތް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

05 ޛުލްޤައިދާ 1447

23 އެޕްރީލް 2026

23 އޭޕްރިލް 2026