ޢާންމު މަޢުލޫމާތު
ނަންބަރު: MPC/IUL/2026/002
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 05 މޭ 2026 23:00
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ 2026 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ 2026 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި މިކޮމިޓީގެ އަހަރީ ޢާއްމު ޖަލްސާ 07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ހުޅުމާލެ ސިންތަޓިކް ޓްރެކު ސެމިނަރ ހޯލުގައި، ބޭއްވުމަށްވަނީ ފާސްކުރެވިފައެވެ.

މިޖަލްސާގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި މާލީ ރިޕޯޓު ފާސްކުރުމާއި، މިހިނގާ އަހަރުގެ ކަލަންޑަރާއި ބަޖެޓު ފާސްކުރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން މެމްބަރޝިޕަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މެމްބަރޝިޕް ދިނުން ކުރިއަށްދާނެއެވެ.

 

ވީމާ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް މިކޮމިޓީގެ މެމްބަރުން، (ފުރިހަމަ މެމްބަރުން އަދި އެޑިޝަނަލް މެމްބަރުން) މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޮމިޓީގެ ރަސްމީ އީމެއިލް [email protected] ނުވަތަ 7709181 އަށް ގުޅުއްވުން އެދެމެވެ.

23 އޭޕްރިލް 2026

23 އޭޕްރިލް 2026