ދިވެހިރާއްޖެ
ނަންބަރު: (IUL) FHC-777/2026/01
ޢިއުލާން
ފައިނު ޞިއްޙީ މަރުކަޒުގެ ލެބޯޓްރީ ޤާއިމްކުރުން
ރ.ފައިނު ޞިއްޙީ މަރުކަޒުގައި ޤާއިމްކުރާ ލެބޯޓްރީގެ ކުރަންކުރި މުހިންމު ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ " ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް " ފުރުއްވުމަށްފަހު، 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފައިނު ޞިއްޙީ މަރުކަޒުގެ އީމެއިލް [email protected] އަށް ފޮނުއްވައިގެންނެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 05 މެއި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިމަރުކަޒުގެ އޮފީހުގައެވެ. އަދި ބީލަން ބަލައިގަތުން އޮންނާނީ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ 12:45 ގައެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީ، ހަމަ އެދުވަހު 12:50 ގައި މިމަރުކަޒުގެ އޮފީހުގައެވެ.
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7905100 އަށް ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
7 ޛުލްޤަޢިދާ 1447
23 އޭޕްރިލް 2026