ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުން:
އިންނަމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެސަރަހައްދު ސާފުކުރުމަށްޓަކައި ، ބަނދަރު ބޮޑުކުރާ ސަރަހައްދުގައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ތިރީގައި ތަފްސީލު ދެވިފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން 30 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން 2 ހެކިވެރިންނާއެކު އެކަން މިކައުންސިލަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ކައުންސިލް މެމްބަރ އިބްރާހީމް ނުހާން (7801241) އަށް ގުޅުއްވުން އެދެމެވެ. އިއުލާނާއެކު ސަރަޙައްދު އަންގައިދޭ ޗާޓް އެވަނީއެވެ.
ރުއްގަހުގައި ނަންބަރު ޖެހިފައިވާ ގޮތުގެ ތަފްސީލު (ނަންބަރު ޖެހިފައިވާނީ ކަޅުކުލައިން):
މިދިލި: 1 އިން 10 އަށް. 17 އިން 21 އަށް. އަދި 30
ހިރުނދު: 12 އިން 16 އަށް. 26 އިން 28 އަށް.
ފުނަ: 11
ރުއް: 01 އިން 37 އަށް، 40 އަދި 43 އިން 51 އަށް.
ނުފޯދޭ ރުއް: 39،38 އަދި 42،41
ދިއްގާ: 22 އިން 25 އަށް. އަދި 30
ކާނި: 29
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.