ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/128
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 29 އޭޕްރިލް 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހިއުމަން ރިސޯސް އޮފިސަރ

މަގާމު:

ޕްރިންސިޕަލް ހިއުމަން ރިސޯސް އޮފިސަރ

މަގާމުގެ ނަންބަރު:

J-448101

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 8- ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭތަން:

ދިފާޢީ ވުޒާރާ،މާލެ.

މުސާރަ:

މަހަކު 11,620.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 5,420.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ހާޒިރީ ޢިނާޔަތުގެ ގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 145.00 ރުފިޔާ

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

1-       މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބެލުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުން ރާވާހިންގުމާއި، ޕީ.އޭ ފޯމްތައް ވިއުގައަށް އެޅުމާއި، ރިޕޯޓްތައްޔާރުކޮށް ކަމާބެހޭފަރާތަށް ފޮނުވުމާއި، ސެޓްފިކެޓް ދޭންޖެހޭ ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ކަންތައް ރާވާހިންގުން.

2-       މިނިސްޓްރީގެ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަނެ އެކަންތައް ރާވާ ހިންގުމާއި، ކަމާބެހޭ އިދާރާތަކަށް ދޭންޖެހޭ ޓްރޭނިންގއާބެހޭ ޑޭޓާތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކޮންމެ މުވައްޒަފަކަށް އަހަރަކު 6 ގަޑިއިރުގެ ޓްރޭނިންގ ފުރިހަމަކުރުމުގެ ކަންތައް ރާވާ ހިންގުން.

3-       ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އާންމުކޮށްފައިވާ "ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެވޭ ސިޔާސަތު" ގައި ބަޔާންކޮށްފައިވާ ގޮތަށް އިދާރާގައި "ތަމްރީނުކުރުމުގެ ޕްލޭން" އެކުލަވާލުން. އަދި ގެޕް އެނަލިސިސް ފޯމް، ޓްރެއިނިންގ ނީޑް އެނަލިސިސް އަދި ޓްރެއިނިންގ ޕްލޭން ފޯމު ތައްޔާރުކުރުން.

4-       ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހައްދަވާފައިވާ ފޯމެޓަށް ޓްރެއިނިންގ ރިކުއަޔަރމަންޓް ފޯމް ތައްޔާރުކޮށް އެ އިންސްޓިޓިއުޓަށް ފޮނުވަމުން ގެންދިއުން.

5-       ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެވޭ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތަށް ޓްރެއިނިންގ އިވެލުއޭޝަން ރިޕޯޓު ތައްޔާރުކުރުން.

6-       މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއިން ވިއުގަ ސިސްޓަމް މެދުވެރިކޮށް ފޮނުވާ ވަޒީފާއާގުޅޭ މައްސަލަތައް ޗެކްކުރުމަށްފަހު ޓެކްނިކަލް ލަފާދޭންޖެހޭ ހާލަތެއްގައި ލަފާދިނުމާއި، ވެރިފައިކުރުން.

7-       މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ސިވިލް، އަދި އެމް.އެން.ޑީ.އެފް މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ރިޓަޔަރ ކުރުން ފަދަ މަސައްކަތްތައް ކުރުން.

8-       މުސާރަ ތައްޔާރުކުރުމަށް ބޭނުންވާ ހާޒިރީ ރިޕޯޓްތައް ޗެކްކުރުން.

9-       ހިއުމަން ރިސޯސް ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އަޕްޑޭޓް ކުރުމާއި،މިނިސްޓްރީގެ ފަންކްޝަނަލް ޗާޓުން އެޗް.އާރު ސެކްޝަނަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ސުޕަވައިޒަރ ހަވާލުކުރާ މަސައްކަތްކުރުން.

10-   މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ ބަދަލުތައް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

11-   މިނިސްޓްރީއާ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އިދާރާތަކުގެ ހާއްސަ އޮނިގަނޑުތަކާއި ގުޅޭގޮތުން އެކުލަވާލާ އުޞޫލުތަކާއި ގުޅިގެން ޓެކްނިކަލް ލަފާދިނުމާއި އެކަންކަމާ ގުޅޭގޮތުން  ކުރަންޖެހޭ މަސައްކަތް ކުރުމާއި، ހިއުމަންރިސޯސްއާ ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުން.

12-   މިނިސްޓްރީގެ އެޗް.އާރު ސެކްޝަންގެ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13-   އެޗް.އާރު ސެކްޝަންގެ ކީޕަރފޯމަންސް އިންޑިކޭޓަރސް (KPI)، ނިއުޕޮލިސީ (NPI) އަދި ބޭސްލައިން ބަޖެޓް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.

14- އަލަށް އިދާރާއާ ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން މުއްދަތުގައި، އެ ކަމާ ގުޅޭ އަތްމަތީ ފޮތުގައި ވާ ގޮތުގެ މަތީން "ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް" ކުރިއަށް ގެންދާކަން ކަށަވަރުކުރުން.

މަގާމުގެ ޝަރުތުތައް:

1- އެޑްމިނިސްޓްރޭޝަން، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، ބިހޭވިއަރަލް އެންޑް އޯގަނައިޒް ސައިކޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ކެޕިޓަލް ލީޑަރޝިޕް، ހިއުމަން ކެޕިޓަލް މެނޭޖްމަންޓް، ހިއުމަން ޑިވެލޮޕްމަންޓް، ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަންރިސޯސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ، ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް، ހިއުމަން ރިސޯސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އެމްޕްލޯއިމަންޓް، ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ،   ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް، ހިއުމަން ޓެލެންޓް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް، ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް، މެނޭޖްމަންޓް، މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް، މެނޭޖްމަންޓް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ވަރކް ސައިކޮލޮޖީ، ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް، ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2- އެޑްމިނިސްޓްރޭޝަން، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، ބިހޭވިއަރަލް އެންޑް އޯގަނައިޒް ސައިކޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ކެޕިޓަލް ލީޑަރޝިޕް، ހިއުމަން ކެޕިޓަލް މެނޭޖްމަންޓް، ހިއުމަން ޑިވެލޮޕްމަންޓް، ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަންރިސޯސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ، ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް، ހިއުމަން ރިސޯސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސަސް އެމްޕްލޯއިމަންޓް، ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ،   ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް، ހިއުމަން ޓެލެންޓް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް، ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް، މެނޭޖްމަންޓް، މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް، މެނޭޖްމަންޓް ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް، ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ، ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ވަރކް ސައިކޮލޮޖީ، ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް، ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • ·         މަގާމުގެ މަސައްކަތު ދާއިރާ

-   ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން

-   އޯގަނައިޒޭޝަނަލް ބިހޭވިއަރ

-   ޕަރފޯމަންސް މެނޭޖްމަންޓް

-   އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންޝޭޝަން މެނޭޖްމަންޓާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          އަސާސީ ޝަރުތު ހަމަވުން                         %30

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު          %5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          %5

-          އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)             15

-          ޕްރެޒެންޓޭޝަން                                 10

-          އިންޓަރވިއު                                  %30

ނޯޓް:

1-       އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން. އަދި

2-       މަގާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކަށް ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 މޭ 03 އާ 07 އާ ދެމެދު، ދިފާޢީ ވުޒާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

03 ޛުލްޤަޢިދާ 1447

21 އޭޕްރިލް 2026