ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473-HR/473/2026/25
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 28 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-438385

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނޭންސް ސެކްޝަން/ ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، މާލެ

މުސާރަ:

މަހަކު 9,495.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރުވާ ދުވަހަކަށް  75.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ޕެޓީކޭޝްގެ ގޮތުގައި ހުންނަ ފައިސާ އިން ޚަރަދުކުރުމަށް ރިކްއެސްޓު ލިބުމުން ޚަރަދު ކުރުމާއި، ބާކީ ބެލެހެއްޓުމާއި، ޕޭޓީކޭސްއަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ ކަންކަން މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމާއި، ޕެޓީ ކޭޝް ޖަރނަލް ބެލެހެއްޓުމާއި މިކަމާ ގުޅޭ އެންމެހާ ކަންކަން ކުރުމާއި ތިޖޫރީ ބެލެހެއްޓުން.
  2. މިނިސްޓްރީގެ މާލީ ބަޔާން ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  4. ދުވަހުން ދުވަހަށް ތައްޔާރު ކުރަންޖެހޭ ވައުޗަރތައް އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ސެޕް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުން.
  5. މިނިސްޓްރީގެ މުދަލާއި، ފައިސާގެ ހިސާބުތައް އޯޑިޓު ކުރަންޖެހޭ ފަރާތްތަކުން އޯޑިޓުކުރުމުގައި އެހީތެރިވެދިނުން.
  6. ދާއިރާގެ ޓްރަސްޓު ފަންޑު ބެލެހެއްޓުމާއި އެއާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. މަންތްލީ ރިކޮންސިލިއޭޝަން މަސައްކަތްތައް ޤަވާއިދުން ކުރިއަށް ގެންދިއުން.
  8. ބަޖެޓް ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި، އެންޓްރީކޮށް އެ ލިޔުންތަކަށް ޖަވާބު ފޮނުވުމުގެ މަސައްކަތް ކުރުން.
  9. ބަޖެޓް ސެކްޝަނުން ލިޔަންޖެހޭ ޔައުމިއްޔާތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ގަވާއިދުން ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
  10. މިނިސްޓްރީއަށް ބޭނުންވާ ޔޫސާރ ރިކުއެސްޓުތައް ބަނޑޭރި ޕޯޓަލްއިން މެދުވެރިކޮށް ފޮނުވުން އަދި ބަނޑޭރި ޕޯޓަލް އިން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  11. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، ފިނޭންސް މިނިސްޓްރީގެ ސާރކިޔުލަރތަކާއި، މުދަލާއި ފައިސާއާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތަށް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  12. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ފޮނުވުން.
  13. ސެކްޝަންގެ އެހެން މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވާ ހާލަތްތަކުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސެކްޝަންގެ އިސްވެރިޔާ ހަވާލުކުރާ މަސައްކަތްތައް ވަގުތީ ގޮތުން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސޮއޭޓް ޑިގްރީ ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ 
  • އެކައުންޓިންގ އެންޑް ފައިނޭންސް  
  • އޮޑިޓިންގ  
  • އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން  
  • ބޭންކިންގ  
  • ބިޒްނަސް  
  • ކޭޝިއަރިންގ  
  • ކޮމާރސް  
  • ކޯޕަރޭޓް ފައިނޭންސް  
  • ފައިނޭންސް  
  • ފައިނޭންޝަލް އިކޮނޮމިކްސް  
  • ފައިނޭންޝަލް އިންޖިނިއަރިންގ  
  • ފައިނޭންޝަލް މެނޭޖްމަންޓް  
  • ފައިނޭންޝަލް މާކެޓްސް  
  • ފައިނޭންޝަލް ޕްލޭނިންގ  
  • ފޮރެންސިކް އެކައުންޓިންގ  
  • އިންޓަރނަލް އޮޑިޓިންގ  
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  • އިސްލާމިކް ފައިނޭންސް  
  • ޕަބްލިކް ފައިނޭންސް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  • ބޭންކިންގ ގެ މަސައްކަތްތައް
  • އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  • އޮޑިޓިންގ ގެ މަސައްކަތްތައް
  • އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  • އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް
  • އެކައުންޓިންގ ގެ މަސައްކަތްތައް
  • ފައިނޭންސްގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލު 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2026 މެއި 03 އާއި 2026 މެއި 17 އާ ދެމެދު، ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ޛުލްޤަޢިދާ 1447

21 އޭޕްރިލް 2026