ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން ގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ބުރުޒު މަގުގައި ހުންނަ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޢިމާރާތުގައި (ސްކޫލް އޮފް މެޑިސިން/ ގްރައުންޑް ފްލޯރގައި) 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 29 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ބުރުޒު މަގުގައި ހުންނަ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޢިމާރާތް (ސްކޫލް އޮފް މެޑިސިން/ ގްރައުންޑް ފްލޯރ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލް އޮފް މެޑިސިން އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި ޔުނިވަރސިޓީއަށް ނެގުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ސްކޫލް އޮފް މެޑިސިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ ސިޓީ، ދިވެހިރާއްޖެ ފޯން: 3346599، 3346597 އީ-މެއިލް: [email protected] |