މަސައްކަތް
ނަންބަރު: (IUL)399-CA/399/2026/26
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 30 އޭޕްރިލް 2026 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު އ.ތ.މ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އ.ތ.މ ކޮމެޓީ ފަރާތުން  ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީ ކުރެވި ހިންގާ ކުލަބު ޖަމިއްޔާތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޭޕްރިލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

26 އޭޕްރިލް 2026

14:00 އާއި ހަމައަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

30 އޭޕްރިލް 2026

13:00

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 30 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

21 އޭޕްރިލް 2026