ދިވެހިރާއްޖެ
މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
|
1. މަގާމުގެ ނަން: |
އެސިސްޓެންޓް ޑިރެކްޓަރ |
|
ރޭންކް: |
އެމް.އެސް. 3 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕޮލިޓިކަލް އެފެއާޒް އޮފީސް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
އަސާސީ މުސާރަ: |
7,035.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ. |
|
މަގާމުގެ ޝަރުތު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓުގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ސަރުކާރުގެ އިސްމަގާމުތަކަށް ޢައްޔަންކުރާ ފަރާތްތަކުގެ ކެޕޭސިޓީ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ކުރިއަށް ގެންދެވޭ ޕުރޮގުރާމުތަކަށް ބޭނުންވާ ދިރާސާތަށް ކުރުމާއި، ތަމްރީން ޕުރޮގުރާމުތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން. - ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަމްރީނު މަރުކަޒުތަކާ ގުޅިގެން، ހިނގުމުގެ ދާއިރާގެ ސެމިނާރާއި، މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކުރުމުގެ ގޮތުން އެފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތުކޮށް، އެކަންކަން ރާވައި ހިންގުން. - ޕޮލިޓިކަލް އެފެއާޒް އޮފީހުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން މައުލޫމާތު އެއްކުރުމާއި، ކުރަންޖެހޭ ދިރާސާތައް ކުރުން. - ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް ޢައްޔަންކުރައްވައިފައިވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. - ޕޮލިޓިކަލް އެފެއާޒް އޮފީސް ހިންގުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުން. |
|
2. މަގާމުގެ ނަން: |
އެސިސްޓެންޓް ޑިރެކްޓަރ |
|
ރޭންކް: |
އެމް.އެސް. 3 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ |
|
ބޭނުންވާއަދަދު: |
1 (އެކެއް) |
|
އަސާސީމުސާރަ: |
7,035.00 ރުފިޔާ |
|
ސަރވިސްއެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވްޖޮބްއެލަވަންސް: |
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގއެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ. |
|
މަގާމުގެ ޝަރުތު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓުގްރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން. - މީގެ އިތުރުން، ބައްދަލުވުންތައް ރާވައި، ހިންގުމާއި ވިލަރެސްކުރުމާއި، އެނަލިޓިކަލް ރިޕޯޓުތަކާއި، ބްރީފުތައް ތައްޔާރުކުރުމުގެ ގާބިލުކަން ހުރި، އޮފީސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި، އެހެން މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރި، ފަރިތަކަމާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕުރޮގުރާމުތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ސެކިއުރިޓީ ދާއިރާއާ ގުޅޭ މުއައްސަސާތަކާއެކު ހިންގާ މަޝްރޫޢުތަކާއި، މި ކަންތައްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ބަލަހައްޓައި ހިންގުން. - ރާއްޖޭގެ ސެކިއުރިޓީ ދާއިރާއާއެކު އެހެން ގައުމުތަކުން ކުރިއަށްގެންދާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން. - ސަރުކާރުގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތަކާއި، އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ދިރާސާ ރިޕޯޓުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ތަރުޖަމާކުރުން. ބައިނަލްއަގުވާމީ އަދި ސަރަހައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ދިރާސާކުރުމާއި، އެކަންކަމުގެ އެންމެ އަދާހަމަ ރިޕޯޓު ތައްޔާރުކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ކޮޕީ. ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ. ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: - ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. - ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
|
އިތުރު މައުލޫމާތު: |
މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 އެޕްރީލު 27 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ. |