ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2026/11
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 28 އޭޕްރިލް 2026 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޘާނަވީ (އެސް. އެސް.ސީ) އޮކްޓޫބަރު/ނޮވެންބަރު އިމްތިހާނުގެ ޢަރަބި ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރ އެއް ހޯދުން

އިޢުލާން

 2026 ވަނަ އަހަރުގެ ޘާނަވީ (އެސް. އެސް.ސީ) އޮކްޓޫބަރު/ނޮވެންބަރު އިމްތިހާނުގެ ޢަރަބި ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރ އެއް ހޯދުން

 

މަޤާމު:  

 ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

 01

މާއްދާ

 އަރަބި

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

2026 މެއި 10 އިން 2026 ޖޫން 15 އަށް

(މެންދުރު 14:00 އިން ރޭގަނޑު 20:00 އަށް)

 

އުޖޫރަ:

6,000.00 ރުފިޔާ (ހަހާސް ރުފިޔާ)

ޝަރުޠު:

  1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުން
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމްތިޙާންތަކުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ މާކިންގ މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން ނުވަތަ މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުގެ ޕޭޕަރު ސެޓްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވުން.
  3. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން
  4. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން
  5. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

  • ޘާނަވީ "ޢަރަބި" މާއްދާގެ އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، ސުވާލު ކަރުދާސްތައް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތައްޔާރުކުރުން
  • ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް ޖަވާބުތައް މާކިންސްކީމް އެކުލަވާލުން
  • ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.   

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު       %25   
  2. ކިޔަވައިދިނުމުގެ ތަޖުރިބާ   %25 
  3. ޢަމަލީ ތަޖުރިބާ        %50

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

 1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

 2- ދެފަރާތެއްގެ މާކުސް ހަމަހަމަ ވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަވިއު ކޮށްގެންނެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.)
  2.  ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް  
  4. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

 2026 އޭޕްރީލް 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތައް އެޕްލިކޭޝަން ފޯމާއެކު އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected]އަށެވެ.
  • އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041348 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
21 އޭޕްރިލް 2026