ދިވެހިރާއްޖެ
|
Cuba Scholarship 2026-2027 |
||
|
ކޯހުގެ ޢަދަދު: 1 ފުރުޞަތު |
މެޑިސިން |
ކޯހުގެ ދާއިރާ: |
|
ކިޔަވައިދޭ ބަސް: ސްޕެނިޝް ބަސް |
ބެޗްލަރސް ޑިގްރީ (އެމް.ބީ.ބީ.އެސް) |
ކޯހުގެ ލެވެލް: |
|
ޤައުމު: ކިއުބާ |
ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިން (އީ.އެލް.އޭ.އެމް) |
ޔުނިވަރސިޓީ: |
|
1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ ބަޔޮލޮޖީ، ކެމިސްޓަރީ، ފިޒިކްސް އަދި އިނގިރޭސި ހިމެނޭގޮތަށް 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 2. ޖީ.ސީ.އީ އޭލެވެލް މާއްދާތަކުގެ ތެރެއިން ބަޔޮލޮޖީ، ކެމިސްޓަރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނޭގޮތަށް 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 3. 30 ޖޫން 2026 އަށް އުމުރުން 25 އަހަރުވެފައިނުވުން. 4. މާބަނޑު ފަރާތެއްކަމުގައި ނުވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- މި ފުރުޞަތަށް ހޮވޭ ކެންޑިޑޭޓުން ކިއުބާއަށް ފުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. - ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. - މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ ކިއުބާ ސަރުކާރުންނެވެ. - މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެދޭ ކޯސް އަދި ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، ސްޓައިޕެންޑް (ފީޑިންގ) އަދި މެޑިކަލް ކެއަރ ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ. - މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް/ތަކެތީގެ ސްޕެނިޝް ބަހަށް ތަރިޖަމާކޮށް، އެޓެސްޓްކޮށްފައިވާ 1 ކޮޕީ 03 މެއި 2026 ގެ 13:00 ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން އެއްވެސް ޑޮކިއުމެންޓެއް ހުށަހަޅާނަމަ އެޑޮކިއުމެއްޓެއް އޮންނަންވާނީ ސްޕެނިޝް ބަހަށް ތަރުޖަމާކޮށްފައެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
ސުންގަޑި: 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން |
||
|
އެޕްލިކޭޝަން ހުށަހަޅާނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް 1474 ފޯނުން ލިބޭނެއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ. |
||