ދިވެހިރާއްޖެ
ވަން މީލް ޕްރޮގްރާމަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ދަރިވަރުންގެ ވަން މީލް ޕްރޮގްރާމްގެ ދަށުން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެ މިކަމަށް އިއުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2026 އޭޕްރީލް 20 ން 2026 އޭޕްރީލް 27 ވާ ހޯމަ ދުވަހުގެ 13.30ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ، މިބީލަމަށް ރަޖިސްޓަރީވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026އޭޕްރީލް 29 ވާ ބުދަ ދުވަހުގެ 08:30 ގައި މި ސްކޫލުގައެވެ.
3. ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026މެއި 17 ވާ އާދިއްތަ ދުވަހުގެ 8:30 ގައި މި ސްކޫލުގައެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ.
ބ. އަތޮޅު މަދަރުސާ
ފޯން: 6600034
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
01 ޛުލްޤަޢިދާ 1447 ހ.
19 އޭޕްރީލް 2026 މ.