ދިވެހިރާއްޖެ
|
އެސް. އެސް. ސީ/އެޗު. އެސް. ސީ އިމްތިހާނުގެ މާކަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އެހެންކަމުން، މާކަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނުގައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މީގެފަހުން މާކުކުރުމުގެ މަސައްކަތަށް ލީޑް އެގްޒޭމިނަރުން، އޮޑިޓިންގ އެގްޒޭމިނަރުން، މޮޑަރޭޓިންގ އެގޒޭމިނަރުން އަދި މާކަރުން ނަގާނީ މި ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިންނެވެ. |
|
|
ޝަރުޠު: |
|
|
މަސްޢޫލިއްޔަތު: |
ލީޑް އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:
1. ލީޑް އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް ޗީފު އެގްޒޭމިނަރުގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ. 2. ލީޑް އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ. 3. މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. 4. މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ލީޑް އެގްޒޭމިނަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ. 5. އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ، ޗީފް އެގްޒޭމިނަރަށް އެކަން އަންގަންވާނެއެވެ. 6. މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނޭގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ. 7. ލީޑް އެގްޒޭމިނަރުނަށް ހަވާލުކުރެވިފައިވާ އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުން މާކުކޮށް ނިމިފައިހުރި ކަރުދާސްތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން މާކަރެއްގެ އެއް ކަރުދާސް، ކޮންމެދުވަހަކުވެސް މޮޑަރޭޓްކޮށް، އެހެން މާކަރުންގެ މަސައްކަތް ރެންޑަމްކޮށް ޗެކްކުރަން ވާނެއެވެ. 8. މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ ދެކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެވެސް ދެ މާކަރެއްގެ ފޮޓޯކޮޕީ ކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ. 9. މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަންދޭންވީގޮތް، މޮޑަރޭޓިން އެގްޒޭމިނަރުން މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ. މައްސަލަޖެހޭ މާކަރުންގެ މައްސަލަ ފަހަށްބެހެއްޓުމަކީ އޭގެ ސަބަބުން ކުރިން މާކުކުރި ހުރިހާ ޖަވާބުކަރުދާސްތައް އަލުން މާކުކުރަން ޖެހިދާނެ ކަމަކަށްވާތީ މިކަމަށް ލީޑް އެގްޒޭމިނަރުން ސަމާލުކަން ދޭންވާނެއެވެ. 10. މުޅި ކަރުދާހަށް ނުވަތަ 8 (އަށެއް) މާކުހުން ފެށިގެން މަތީން މާކުސް ލިބޭ ސުވާލަކަށް (އިސްލާމީ ތަރުބިޔަތު މާއްދާގައި ކަރުދާސް 2 ގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގެ ޢަޤީދާއާއި ފިޤުހުގެ ބައިގެ ހުރިހާ ސުވާލަކަށް) ސުމެއްދޭން ޖެހިއްޖެނަމަ، އެ ސުވާލަށް ސުމެއް ދެވޭތޯ ބަލައިދޭންވާނެއެވެ. އަދި އެ ސުވާލަށް ސުމެއްދެވޭނަމަ އަރިމަތީ ހަވާސާގައި ރަތްގަލަމުން ސުމެއް ދެވޭ ސަބަބު ލިޔެ ސޮއިކުރަންވާނެއެވެ. ސުމެއް ނުދެވޭނަމަ ސުމެއް ނުދެވޭ ސަބަބު އޮޑިޓިން އެގްޒޭމިނަރާއި މޮޑަރޭޓިން އެގްޒޭމިނަރު ބުނެދީ އަލުން އެސުވާލުގެ ޖަވާބު މާކުކުރަން މާކަރާ ޙަވާލުކުރަން ވާނެއެވެ. 11. މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް، އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާނަމަ، ޗީފްއެގްޒަމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ. 12. މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާޞާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. (މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއެކުގައެވެ.) 13. ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.
އޮޑިޓިންގ އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:
މޮޑަރޭޓިންގ އެގްޒޭމިނަރުންގެ މަސްޢޫލިއްޔަތުތައް:
މާކަރުންގެ މަސްއޫލިއްޔަތުތައް: 1. މާކަރުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކު ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ. 2. މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ. 3. މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ. 4. އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. 5. ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ 6. ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ. 7. މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ. 8. މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ. 9. މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރ ގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ. 10. މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ. 11. މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ 12. ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
ސުންގަޑި: |
7 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
|
|
އެދެންވީ ގޮތް: |
https://forms.gle/Y4718nvpmPmaJbSK7
|