ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)719/2026/08
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 26 އޭޕްރިލް 2026 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް (ވަގުތީ)

ނަންބަރު:(IUL)719/2026/08

އިޢުލާނު

 

މަޤާމު:

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ (6 މަސް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު

މަގާމް

ޕަބްލިކް ސަރވިސް ރޭންކް

މަގާމްގެ ޝަރުތުތައް

އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

     

ހާޒިރީ އިނާޔަތް

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

ޕަބްލިކް ސަރވިސް ރޭންކް 7

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮމަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

-/13141

ރުފިޔާ

-/6132

ރުފިޔާ

-/166ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް  އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.

އެހެނިހެން އެލަވަންސް

ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލެބޯރެޓާރީގެ ޓެސްޓްތައް ހެދުމަށް ބޭނުންވާ ރިއެޖެންޓްސް އާއި ކެމިކަލް އަދި ކޮންސިއުމަބްލް ފަދަ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި އޯޑަރުކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުން.
  2. ލެބޯރެޓަރީގެ އިންވެންޓްރީ ބެލެހެއްޓުން. އަދި ލެބޯރެޓަރީގެ ސްޓެޓިސްޓިކްސް ތައްޔާރުކޮށް ބެލެހެއްޓުމާއި މެޑިކަލް ރެކޯޑަށް ބޭނުންވާ މަޢުލޫމާތު ޤަވާޢިދުން ފޮނުވުމާއި ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  3. ލެބޯޓްރީއަށް އަންނަ ބަލިމީހުން، ތަނުގެ ލޮގްފޮތުގައި، ނުވަތަ ކޮމްޕިޔުޓަރ ސިސްޓަމްގައި ރެޖިސްޓްރީކޮށް، ގެނެވޭ ސާމްޕަލް ސްޕެސިމަންތައް ޙަވާލުވެ، އެންޓަރކޮށް ތަރުތީބުން ބެލެހެއްޓުން.
  4. ލެބޯޓްރީއަށް އަންނަ މީހުންގެ ސާމްޕަލްތައް އެކަމަށް ޚާއްޞަކުރެވިފައިވާ ކޮންޓެއިނާރސް ތަކަށް ނެގުމާއި، ހުއްދަ ކުރެވިފައިވާ ޓެސްޓްތައް ސްޓެންޑަރޑް ޕްރޮސީޖަރއާއި އެއްގޮތަށް ކުރުން.
  5. ވޯޑުގައި ތިބޭ (އައި.ޕީ.ޑީ) ބަލިމީހުންގެ ސާމްޕަލްތައް ނަގާ ބެޑް ސައިޑްގައި ކުރަންޖެހޭ (ހުއްދަ ކުރެވިފައިވާ) ޓެސްޓްތައް ސްޓޭންޑެޑް ޕްރޮސީޖަރ އާއި އެއްގޮތަށް ކުރުން.
  6. ލެބޯޓްރީއަށް އަންނަ މީހުންގެ ޓެސްޓްގެ ނަތީޖާ ތަކާއި އެހެނިހެން ރެކޯޑުތަކުގެ ކޮންފިޑެންޝަލިޓީ ހިފެހެއްޓުމާއި މެޑިކަލް ލެބޯޓްރީގެ އެތިކްސްއާއި ޚިލާފްވާފަދަ ޢަމަލެއް ނުކުރުން.
  7. މެޑިކަލް ވޭސްޓްތައް ނައްތާލުމުގައި ޚާއްޞަ ޕޮލިސީ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމާއި މަސައްކަތު މީހުން މިކަމުގައި ހޭލުންތެރިކުރުން.
  8. ބަލިމީހުންގެ ރިޕޯޓްތައް ފުރިހަމަތޯ ބެލުމަށްފަހު، ރިޕޯޓްތައް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލުން ޗެކްކުރުމަށްފަހު ދޫކުރުން.
  9. ލެބޯޓްރީ ހިންގުމުގައާއި ކުރިއެރުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
  10. ބަލިމީހުންނަށް ލެބޯޓްރީގެ ޚިދުމަތް ލިބިދިނުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދީ އެހީތެރިވުން. އަދި މިކަންތައް ލެބޯޓްރީގެ ވެރިންނަށް އަންގާ އެދެވޭ ހައްލެއް ހޯދުން.
  11. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

ތައުލީމީ ރޮނގުތައް:

ތަޢުލީމީ ރޮނގުތައް

  • ބަޔޯމެޑިކަލް ސައެންސް 
  • ކްލިނިކަލް ލެބޯޓްރީ ސައެންސް 
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ 
    • މެޑިކްލް ލެބޯޓަރީ ސައެންސް
    • މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ
    • މެޑިކަލް ސައިންސް 
    • މެޑިކަލް ޓެކްނޮލޮޖީ 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • މެޑިކަލް ލެބޯރެޓަރީ ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލް 26 ވާ އާދިއްތަ ދުވަހުގެ ގެ 13:00 ކުރިން ހއ.ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 29 އެޕްރީލް 2026 އާއި 28 މެއި 2026 އާ ދެމެދުގެ ތާރީހެއްގައި، ހއ.ހޯރަފުށި ޞިއްހީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500064 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

01 ޛުލްޤާއިދާ 1447

19 އޭޕްރިލް 2026