ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)468-VR/468/2026/73
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 27 އޭޕްރިލް 2026 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުގެ ލައިސަންސްގެ އަމަލީ އިމްތިޙާނުތައް ކުރިއަށްގެންދާނެ އެގްޒަމިނަރުން ހޯދުމާއި ގުޅޭ

މި ކައުންސިލުން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އަމަލީ އިމްތިޙާނުތައް ކުރިއަށްގެންދާނެ އެގްޒެމިނަރުން ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރިއަށްދާނީ ކައުންސިލުން ކަނޑައަޅާ ވަގުތުތަކެއްގައި، ކަނޑައެޅޭ ވަކި ތަނެއްގައެވެ. މިއީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް، ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 02

ޝަރުޠު

- ދަށްވެގެން ނިޔަމި ކަމުގެ ސަނަދު 1 އޮތުން

- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން

- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން

- ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައިނުވުން

 

އުޖޫރަ

  • އިމްތިޙާނުކުރާ ކޮންމެ ކެޓަގަރީއަކަށް -/100 (ސަތޭކަ) ރުފިޔާ.
  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތިތަކެއްގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އެޕްރީލް 2026 ވާ ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއި (CV) އެކު މި ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

     02 ޛުލްޤަޢިދާ  1447

     19 އެޕްރީލް 2026

19 އޭޕްރިލް 2026