ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2026/39
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 27 އޭޕްރިލް 2026 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ (ކޮންޓްރެކްޓް) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

16 އެޕްރީލު 2026               

ނަންބަރު:

         (IUL)168-CA/1/2026/39

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

 ޑިރެކްޓަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

ބޭނުންވާ މުއްދަތު:

 01 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު -/13,650 ރުފިޔާ

 - ލިވިންގ އެލަވަންސް -/3000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3500 ރުފިޔާ

 - ފޯން އެލަވަންސް -/500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

  2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

  3. އެސިސްޓެންޓް ޑިރެކްޓަރ މަޤާމުގެ ޝަރުތުހަމަވުމާއެކު  އެސިސްޓެންޓް ޑިރެކްޓަރގެ  މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 4 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަންގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ މަސައްކަތް ރާވާ، މޮނިޓަރކޮށް ހިންގުން.
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓްގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  3. ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި، އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  4. މުވައްޒަފުންގެ މުސާރަ ދިނުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އޮފީހުގެ ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލުމާއި އަދި އެކަންތައްތަކާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  5. ފައިސާއާ ގުޅޭ ކަންތަކުގަ އާއި އަދި މުވައްޒަފުންނާބެހޭ ކަންތައްތަކުގައި ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  6. ކޮމިޝަންގެ އަހަރީ ޕްލޭން އަދި ހިއުމަން ރިސޯސް ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން.
  7. ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސެކްރެޓަރީ ޖެނެރަލްއަށް ދޭންޖެހޭ ލަފަޔާއި އެހީތެރިކަން ދިނުން.
  8. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  9. ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ފައިނޭންޝަލް، އެޑްމިނިސްޓްރޭޓިވް އަދި  މުވައްޒަފުންނާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއަށް ހުށަހެޅުން.
  10. މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި އަދި ފައިސާއާ ބެހޭ ރިކޯރޑްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.
  11. އެކި ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ޙަވާލު ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުންތައް ބަލަހައްޓައި  އެކަން ހިނގާ ނުހިނގާގޮތް ބެލުން.
  12. ކޮމިޝަނުގެ ފައިސާއާއިބެހޭ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމުގައި ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ ކަންކަމާ ގުޅިގެން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.
  13.  ކޮމިޝަނުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާ ނަމަ އެކަންތައްތަކާ ގުޅިގެން  އަޅަންޖެހޭ ފިޔަވަޅުތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެޅުން.
  14. ކޮމިޝަނުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ތައްޔާރުކޮށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  15. ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ހިއުމަން ރިސޯސް އަދި ފައިސާ އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މިފަދަކަންތައްތަކާ ގުޅޭގޮތުން ދިމާވާ ތަފާތު އެކި މައްސަލަތަކުގައި ކޮމިޝަނަށް ލަފާދިނުން.
  16. ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް އިވެލުއޭޓްކުރުން.
  17. ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދުން ފައިސާ ދައްކަމުންދޭތޯ ކަށަވަރުކުރުން.
  18. ކޮމިޝަނުގެ އިންޓާނަލް އޮޑިޓެއް ކޮންމެ 2 އަހަރަކުން ހަދައި ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައި  ހުށަހެޅުން.
  19. ކޮންމެ އަހަރަކު އެއްފަހަރު ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޝަނެއް ހަދައި، ކޮމިޝަނަށް ހުށަހެޅުން.
  20. ކޮމިޝަނުގެ މުވައްޒަފުންގެ ކެޕޭސިޓީ އެސެސްމަންޓެއް ކޮންމެ 3 އަހަރަކުން ހަދައި ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައި ހުށަހެޅުން.
  21. ހުރިހާ ޑިޕާޓްމަންޓްތަކުގެ ފްލޯ ޗާޓް ހެދުމާއި ޑިޕާޓްމަންޓްތަކުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެކުލަވާލުން.
  22. ކޮމިޝަނުގެ މަގާމުތަކުގެ އޮނިގަނޑު އަދި މުސާރައިގެ އޮނިގަނޑު ކޮންމެ 5 އަހަރަކުން 1 ފަހަރު ރިވިއުކުރުން.
  23. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  24. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  25. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރަންޖެހޭ މުއްދަތުގައި އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  26. ކޮންމެ މާލީ އަހަރެއް ނިމުމުން އެއެހަރެއްގެ ތެރޭގައި ހިންގުނު މަޝްރޫޢުތަކާއި، ކުރިއަށް އޮތް މާލީ އަހަރުގައި ނުވަތަ އަހަރުތަކުގައި ހިންގުމަށް ހަމަޖަހިފައިވާ މަޝްރޫއުތަކުގެ ތަފްސީލް އޮފީހުގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  27. ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގައި ހަދަންޖެހޭ ކޮމިޝަންގެ މާލީ ބަޔާން ތައްޔާރުކުރުމާއި އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ކޮމިޝަންގެ މާލީބަޔާން ފޮނުވަންޖެހޭ މުއްދަތައް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް ފޮނުވުން.
  28. ކޮންމެ މަހަކު ކޮމިޝަނަށް ހުށަހަޅަންޖެހޭ ބަޖެޓް ރިޕޯޓު ތައްޔާރުކުރުން.
  29. ކޮމިޝަންގެ ޚަރަދުތައް ކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުން.
  30. ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުމާއި ދަތުރުތަކަށް ފައިސާ ހަމަޖެއްސުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސަކަތްތައް ކުރުން.
  31. މާލީއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ތިޖޫރި ބެލެހެއްޓުން.
  32. ކޮމިޝަނަށް ލިބޭ ބޭރު ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ކުރާ ޚަރަދުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، ކޮންމެ ދަތުރަކަށްފަހު އެންބުރި އަންނަތާ 3 ދުވަހުގެ ތެރޭގައި ހޯދަންޖެހޭ ޚަރަދު ރިޕޯޓު ހޯދައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ފައިސާއާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.
  33. ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ކޮމިޝަނަށް ލިބޭ ޕްރޮޖެކްޓުތަކުގެ ފައިސާއާއި ކޮމިޝަންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ލިބޭ އެކިއެކި ބޭރުގެ އެހީތައް ބަލަހައްޓައި، ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް އެހީދޭ ފަރާތްތަކާއި ކޮމިޝަނާ ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  34. ކޮމިޝަންގެ ބަޖެޓް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް ބަޖެޓް ބާކީކޮށް، ބެލެހެއްޓުން.
  35. ކޮމިޝަންގެ ޕެޓީކޭޝްއަށް ބޭނުންވާ ފައިސާ ހޯދުން. މިގޮތުން ޕެޓީ ކޭޝްއިން ޚަރަދުކުރެވުނުގޮތުގެ ރިޕޯޓު ތައްޔާރުކޮށް ވައުޗަރ ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  36. ކޮމިޝަނަށް އަންނަ ބިލުތަކަށް ފާއިސާ ދެއްކުމުގެ އެންމެހައި އިންތިޒާމްތައް ބަލަހައްޓައި ކުރުން.
  37. ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ކުރީމަހުގެ ފައިނޭންޝަލް ރިޕޯޓު ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  38. މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި އަދި ފައިސާއާ ބެހޭ ރިކޯރޑްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.
  39. ކޮމިޝަނުގެ ފައިސާއާއިބެހޭ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމުގައި ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ ކަންކަމާ ގުޅިގެން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.
  40. މާލިއްޔަތު ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކަމާގުޅޭ ޑިޕާޓްމެންޓްތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
  41. ޑިޕާޓްމެންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރުން.
  42. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  43. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

27 އެޕްރީލު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                   

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

16 އޭޕްރިލް 2026