ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/053
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 19 އޭޕްރިލް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/053

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.       

 

މަޤާމް:

ސެލްސް އެސިސްޓަންޓް (ދ. މީދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

-          ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.

-          ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން.

-           ޓޭންކުތަކުގައި ވާ ތެލުގެ  މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި  އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން

-          އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން.

-          ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން.

-          ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.

-          ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މުސާރަ:

-          11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ދ. މީދޫ

 

މަޤާމް:

ލޭބަރ (ދ. މީދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ސައިޓުގައި ބެހެއްޓިފަހުރި ޓޭންކުތަކުގެ ސައުންޑިންގ ނެގުން

-          ސައިޓު ތެރެ ސާފުކޮށް ބެލެހެއްޓުން

-          ތެޔޮ ލޯޑުކުރުން

-          އެމީހަކާ ޙަވާލުވެފައިވާ މަސައްކަތްތަކުގެ އިތުން ސުޕަވައިޒަރުން ނުވަތަ މެނޭޖްމެންޓުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުން.

ޝަރުތުތައް:

-          ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސިއްހީގޮތުން ދުޅަހެޔޮ، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މުސާރަ:

-          11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ދ. މީދޫ

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ(އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.). އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ. އަދި މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ ވަގުތުން ނުކުމެވޭ ފަރާތް ތަކަކަށް ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

16.04.2026

16 އޭޕްރިލް 2026